މާލީ ބަޔާން ތައްޔާރުކުރުމަށް ދަސްކޮށްދިނުމުގެ ތަމްރީން ޕްރޮގްރާމެއް 22 – 19 ޑިސެމްބަރ 2016 ގައި މިއަތޮޅުގައި ބޭއްވިއްޖެ

web

މި މަސައްކަތު ބައްދަލުވުމަކީ ސަރުކާރުން އެކަށައެޅި އައު ފޯރމެޓަށް މާލީ ބަޔާން ތައްޔާރުކުރުމަށް މިއަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްގައި މަސައްކަތްކުރާ އެދާޢިރާގެ މުވައްޒަފުން ތަމްރީންކުރުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް ފިނޭންސްއާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި، މިއިދާރާއާއި ގުޅިގެން ހިންގުނު ތަމްރީން ޕްރޮގްރާމެކެވެ.
     ފެސިލިޓޭޓަރުންގެ ގޮތުގައި މަޢުލޫމާތު ދެއްވީ އޮޑިޓަރ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް ފިނޭންސްގެ 3 މުވައްޒަފުންނެވެ.
     މި ޕްރޮގްރާމްގެ ދަށުން މިއަތޮޅުގެ ކޮންމެ ރަށަކުން 2 މުވައްޒަފުންނަށާއި، މިއިދާރާގެ 2 މުވައްޒަފުންނަށް ތަމްރީން ދެވިފައިވެއެވެ.

No Comments

Post a Comment

Your email address will not be published.