ކޯޕަރޭޓިވް ސޮސައިޓީ އުފެއްދުމަށް މަޢުލޫމާތު ހޯއްދެވުމަށް ތަޖްރިބާ ދަތުރެއް ކުރައްވައިފި

IMG_3030

މިއަތޮޅުގައި ކޯޕަރޭޓިވް ސޮސައިޓީ އުފެއްދުމަށްޓަކައި މަޢުލޫމާތު ހޯދުމަށް މިކައުންސިލްގެ ޓީމަކާއި މިއަތޮޅު ރަށްރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައެއް މެމްބަރުން ހިމަނައިގެން، ފ. އަތޮޅު މަޤޫދޫއަށް ދަތުރެއް ކުރައްވައިފިއެވެ. މި އޮގަސްޓް މަހު 10 ދުވަހު ކުރި މިދަތުރުގައި ފ. މަގޫދޫ ކައުންސިލާއި، މަގޫދޫ ކޯޕަރޭޓިވް ސޮސައިޓީއާއި، މަގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާއެކު މިދަތުރުގެ ބައިވެރިން ބައްދަލުވުމެއް ބާއްވާ އެރަށުގައި މަސައްކަތްތައް ކުރާގޮތުގެ މަޢުލޫމާތު ވަނީ ހޯއްދަވާފައެވެ. އަދި މަގޫދޫ ކޯޕަރޭޓިވް ސޮސައިޓީއިން ހިންގަވާ ކުކުޅު ކޮށިތަކާއި، ކިޔުކަންބާ ދަނޑާއި، އެހެނިހެން ގަސްތައް ހައްދަވާފައިވާ ތަންތަނާއި، ގޭގޭގައި ކުކުޅު ގެންގުޅޭ ކޮށިތައްވެސް ބައްލަވައި ލެއްވިއެވެ.

އަދި މިދަތުރުގައި ބިޒްނަސް ސެންޓަރގެ މެނޭޖަރާއި، އެލް.ޖީ.އޭގެ 2 ބޭފުޅުންނާއެކު މިކަމާބެހޭ މަޢުލޫމާތު ވަނީ ހިއްސާ ކުރައްވާފައެވެ.

No Comments

Post a Comment

Your email address will not be published.