އެސް.ޓީ.އޯގެ ބޭސްފިހާރައެއް މުލީގައި ހުޅުވައިފި

Picture 015

އެސް.ޓީ.އޯގެ ބޭސްފިހާރައެއް މިއަތޮޅު މުލީގައި މިއަދު ހުޅުވައިފިއެވެ. މި ބޭސްފިހާރަ ހުޅުއްވައިދެއްވީ، އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އާދަމް އާޒިމް އާއި، މުލަކަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ނަޞީރެވެ.

މިއީ އެސް.ޓީ.އޯ ގެ ފަރާތުން މިއަތޮޅުގައި ހުޅުވި 3 ވަނަ ބޭސްފިހާރައެވެ. މީގެ ކުރިންވަނީ ދިއްގަރާއި، ކޮޅުފުށީގައި ބޭސްފިހާރަ ހުޅުވާފައެވެ. މިއަދުން ފެށިގެން މި ބޭސްފިހާރައިންދަނީ އާސަންދައިގެ ޚިދުމަތާއެކު، ޚިދުމަތް ޢާންމުންނަށް ފޯރުކޮށްދެމުންނެވެ.