މ. އަތޮޅު ފުޓުބޯޅަ މުބާރާތް ފެށިއްޖެ

DSC_0061

މިމުބާރާތަކީ، އެފް. އޭ. އެމް އާއި، މ. އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މިމުބާރާތް ފައްޓަވައިދެއްވީ މ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ނަޞީރު އެވެ.

މިމުބާރާތް ހިނގަމުންދަނީ، 29 ނޮވެމްބަރ 2014 އިން 19 ޑިސެމްބަރ 2014އަށް މުލީ ފުޓުބޯޅަ ދަނޑުގައެވެ. މިމުބާރާތުގައި 9 ޓީމް ބައިވެރިވެފައިވެއެވެ. މުބާރާތް ކުރިއަށްދަނީ ބައިވެރިވެފައިވާ ޓީމްތައް 2 ގުރޫޕަކަށް ބަހާލައިގެން، އެގޮތުން ގްރޫޕް 1 ގައި ހިމެނޭ 5 ޓީމަކީ މަޑުއްވަރީ ޒުވާންޖީލު، ކޮޅުފުށީ ޒުވާނުންގެ ޖަމްޢިއްޔާ، މުލީ އެކުވެރިންގެ ދިރުން، ވޭވަށު އެކުވެރިންގެ ގުޅުން އަދި މުލަކު އެކުވެރި ކުލަބެވެ. ގްރޫޕް 2 ގައި ހިމެނޭ ޓީމްތަކަކީ މުލަކު އެކުވެރި ޒުވާނުންގެ ޖަމްޢިއްޔާ، ނާލާފުށީ ޔޫތު ޑިވެލޮޕްމަންޓް އެސޯސިއޭޝަން، ރަތްމަންދޫ ޒުވާނުންގެ ޖަމްޢިއްޔާ އަދި މުލީ ސްޕޯރޓްސް ކްލަބެވެ.

މޫސުމް ތަންނުދިނުމުގެ ސަބަބުން މުބާރާތް ފެށިފައިވަނީ 1 ދުވަސް ފަސްކޮށް 30 ނޮވެމްބަރ 2014 ވަނަ ދުވަހު އެދުވަހުގެ މެޗްގައި ބައްދަލުކުރީ ގްރޫޕް 1 ގެ ދެޓީމް ކަމުގައިވާ ކޮޅުފުށީ ޒުވާނުންގެ ޖަމްޢިއްޔާ އާއި މަޑުއްވަރީ ޒުވާންޖީލެވެ. އެމެޗް 1 ލަނޑު 1 ލަޑުން ވަނީ އެއްވަރުވެފައެވެ.