ލޯކަލް ޕްލޭނިންގ އެންޑް ކްލައިމެޓް ޗޭންޖް ވޯރކްޝޮޕް

Picture 833

ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި، މުލަކަތޮޅު އަތޮޅުކައުންސިލް އިދާރާ ގުޅިގެން  އެއްދުވަހުގެ މުށްދަތަށް “ލޯކަލް ޕްލޭނިންގ އެންޑް ކްލައިމެޓް ޗޭންޖް” ގެ ނަމުގައި ވޯރކްޝޮޕެއް 12 ނޮވެމްވަރ 2014 ވަނަދުވަހު މ. މުލީގައި ބާއްވައިފިއެވެ.

މި ވޯރކްޝޮޕްގެ ބޭނުމަކީ ރަށުފެންވަރުގަޔާއި، އަތޮޅު ފެންވަރުގައި ތަރައްޤީ ޕްލޭންތައް ތައްޔާރުކުރުމުގައި މޫސުމަށް އަންނަމުންދާ ބަދަލުތަކަށާއި، ދިރޭތަކެތީގެ ނަސްލު ދެމެހެއްޓުމަށް ރިޢާޔަތް ކުރުމުގެ މުހިންމުކަން އަންގައިދިނުމާއި، އެފަދަ ޕްލޭންތައް ހެދުމަށް އެހީ ހޯދިދާނެ ގޮތްތަކާއި، ޕްލޭން ތަންފީޒު ކުރާނެގޮތް، އެމަސައްކަތްކުރާ ފަރާތްތަކަށް ދަސްކޮށްދިނުމެވެ.

މި ވޯރކްޝޮޕްގައި މިއަތޮޅުގެ ކޮންމެ ރަށުކައުންސިލްގެ އިދާރާއަކުން އިދާރީ މުވައްޒަފަކާއި، ކައުންސިލް މެމްބަރަކު ބައިވެރި ކުރެވިފައިވެއެވެ.

ވޯރކްޝޕްގައި މަޢުލޫމާތު ދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ދެބޭފުޅުންނެވެ. ވޯރކްޝޮޕް ފައްޓަވައި ދެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ނަޞީރެވެ.

.