ރަށުކައުންސިލްތައް އިންޓަރނަލް އޮޑިޓް ކުރުމާބެހޭ މަސައްކަތު ބައްދަލުވުމެއް ފެށިއްޖެ

Beautifully suited for all your web-based needs

ރަށުކައުންސިލްތައް އިންޓަރނަލް އޮޑިޓް ކުރުމާބެހޭ މަސައްކަތު ބައްދަލުވުމެއް ފެށިއްޖެ

Picture 818މިއަތޮޅުގެ ރަށްރަށުގެ ކައުންސިލްތައް އިންޓާރނަލް އޮޑިޓް ކުރުމަށްޓަކައި ބޭނުންވާ މަޢުލޫމާތާއި، ހުނަރު ރަށުކައުންސިލްތަކުގެ މުވައްޒަފުންނަށް ދަސްކޮށްދިނުމަށްޓަކައި ހިންގޭ މަސައްކަތު ބައްދަލުވުމެއް 05 ނޮވެމްބަރ 2014 ވަނަދުވަހު އަތޮޅު ކައުންސިލްއިދާރާގައި ވަނީ ފެށިފައެވެ. މި މަސައްކަތު ބައްދަލުވުން އިންތިޒާމް ކުރެވިފައިވަނީ 2 ބުރަކަށް ބަހާލައިގެން އަތޮޅުގެ ހުރިހާ ރަށަކަށް މަޢުލޫމާތު ދިނުމަށެވެ. އެގޮތުން ފުރަތަމަ ބުރުގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ މުލި، ނާލާފުށި، ކޮޅުފުށީ ކައުންސިލް އިދާރާއިން ކޮންމެ އިދާރާއަކުން 2 މުވައްޒަފަކަށެވެ. އަދި މިބައްދަލުވުމުގެ ދެވަނަ ބުރު 09 ނޮވެމްބަރ 2014 ވާ އާދީއްތަ ދުވަހު ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

              މި ބައްދަލުވުން ފައްޓަވައި ދެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ނަޞީރުއެވެ. ރައީސްގެ ވާހަކަފުޅުގައި، އިންޓަރނަލް އޮޑިޓްގެ މުޙިއްމުކަމާއި، އިދާރީ ހިންގުމަށް ލިބިގެންދާނެ ކުރިއެރުން ފާހަގަ ކުރެއްވިއެވެ.